ދިވެހި ޤައުމުގެ އަދުގެ ހާލަތު

ތަޅާ ފޮޅުމާއި އަނިޔާތައް މިއަދު ޤައުމުގަ ގިނަވެއްޖޭ

އަޅައިނުމެލާ ތިބުން ހެޔޮވެސް ނުވާވަރު ކަންބޮޑުވެއްޖޭ

އަމާނާތްތެރިކަމާ، ތެދުވެރިކަމާ ޢަމުދުން މި ނެތިއްޖޭ

ސަމާލުކަމެއްނުދީ ތިއްބާ މިކަންކަން ޢާންމުވެސްވެއްޖޭ

މަކަރުވެރިކަމާ، އޮޅުވާލުމާ ހީލަތްތައް ގިނަވެއްޖޭ

މަކަރުވެރިކަމުގެ ދަލުގައި އަދު އެތައްބަޔަކުހަމަބަނދެވިއްޖޭ

ނުބައި ފާސިދުވި ޢަމަލުތައް އަދު ކުރާމީހުން ގިނަވެއްޖޭ

ނުބައިކަން ޙައްދުނެތިގެންގޮސް ޤައުމު ވެއްޔާ މޮޑެވިއްޖޭ

މަޔާދަރިޔާ ބަފާވެސްއޮޅި ގުޅުންތައް ހިންގުމުން ޖިންސީ

އޮޔާދާތީ ދީންވެރިކަން ތެދޭ ހަމަ  ފިކުރު  ބޮޑުވެއްޖޭ

ނުދޭތީ އަދު ސަމާލުކަމެއް މިދީނުގެ ޙުރުމަތާ މެދުގައި

ތެދޭ ޣާފިލް ވުމުން މިގޮތުން ޤައުމުގެ އަގު ވެއްޓިއްޖޭ

ހެދުން އެޅުމާ، އެކުއުޅުމާ ރިވެތިވީ ގޮތްތައްކެއް ޢަމުދުން

ނެތީމާ ދިވެހި ޤައުމުގަ އަދު ހިތާމައަކަށް ބަދަލުވެއްޖޭ

ނަމާ އަބުރަށް ބަލައިލުންނެތި ހިތަށްއެރިހާ ބަހެއް ބުނަމުން

މުޚާތަބުކޮށް ހަދާތީ ހަމަ އެތައް  އަބުރެއް  ގެއްލިއްޖޭ

ނެތޭ އަދު ބޮޑެއް ކުޑައެއް ޤަދަރުކޮށް އިޙްތިރާމްކުރާ

ނެތޭ އަދަބެއް ސަދަބެއް ހަމަ މިރީތި ސިފަ އަދު ގެއްލިއްޖޭ

ވަފާތެރިކަމާ، ހިތްހެޔޮކަން މިއަދު ޤައުމުން ގެއްލިއްޖޭ

ތަފާތު އެތައް ގޮތަކުން އަދު ޝަރަފާ ޢިއްޒަތް ގެއްލިއްޖޭ

ޚިޔާލު ފާޅުކުރެއްވުމަށް