ދޫނިތުނޑި ޕްރީސްކޫލުގެ އެންމެފަހު ގްރެޖްއޭޝަން މިއަދު ބާއްވައިފި

ދޫނިތުނޑި ޕްރީސްކޫލު ނިންމާ ގްރޭޑް 1 އަށް ބަދަލުވާ ދަރިވަރުން. - ފޮޓޯ: ޝިޔާމް

ދޫނިތުނޑި ޕްރީސްކޫލު ނިންމާ ގްރޭޑް 1 އަށް ބަދަލުވި ދަރިވަރުން. – ފޮޓޯ: ޝިޔާމް

ދޫނިތުނޑި ޕްރީސްކޫލް އުތީމުގައި ހިންގަން ފެށިތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރަށްފަހު އެސްކޫލުގެ އެންމެފަހު ގްރެޖްއޭޝަން މިއަދު ބާއްވައިފިއެވެ. މިއަދު ހެނދުނު 9:00 ގައި ބޭއްވި މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ މަދަރުސަތުލް   ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ ޕްރިންސިޕަލް އަލްފާޟިލް ޔޫސުފް އާދަމެވެ. ގްރެޖްއޭޓްވި ކުދިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން އަލްފާޟިލް ޔޫސުފް އާދަމާއި، އުތީމު ކައުންސިލްގެ ރައީސް އަލްފާޟިލް އަސްރާރު އާދަމާއި އަދި އުތީމު ކައުންސިލްގެ މެންބަރު އަލްފާޟިލް މުޙައްމަދު ނައުޝާދެވެ.

ސަރުކާރުން ޕްރީސްކޫލުތައް އެރަށްރަށުގައި ހިންގާ ބޮޑެތި ސްކޫލްތަކުގެ ދަށަށް ގެންދިއުމާއި ގުޅިގެން އުތީމުގައިވެސް ދޫނިތުނޑި ޕްރީސްކޫލް އުވާލައި ދެން ޕްރީސްކޫލް ހިނގަމުންދާނީ މަދަރުސަތުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގައެވެ. ދޫނިތުނޑި ޕްރީސްކޫލްގެ އެންމެފަހު އަހަރުގައި 55 ދަރިވަރުން ކިޔަވާފައިވެއެވެ.

12299333_10201228324145996_4753238141900648335_n 11986422_10201228401947941_8619392733376289028_n 12243277_10201228321065919_1533899957663266507_n

ޚިޔާލު ފާޅުކުރެއްވުމަށް