ށ. ފީވަކު ސްކޫލް، ކީ ސްޓޭޖް އެކެއްގެ ދަރިވަރުން އުތީމު ގަނޑުވަރަށް ޒިޔާރަތްކޮށްފި

ށ. ފީވަކު ސްކޫލްގެ ކީ ސްޓެޖް އެކެއްގެ ދަރިވަރުންނަށް ގަނޑުވަރާއިބެހޭ މަޢުލޫމާތު ދެނީ

ށ. ފީވަކު ސްކޫލްގެ ކީ ސްޓެޖް އެކެއްގެ ދަރިވަރުންނަށް ގަނޑުވަރާއިބެހޭ މަޢުލޫމާތު ދެނީ

އުތީމު ގަނޑުވަރު ބަލާލުމަށާއި، ގަނޑުވަރާއި އަދި ބޮޑުތަކުރުފާނާއިބެހޭ މަޢުލޫމާތު ހޯދުމަށްޓަކާ އުތީމު ސްކޫލާއި ގުޅިގެން، ށ. ފީވަކު ސްކޫލް ކީ ސްޓޭޖް އެކެއްގެ ދަރިވަރުން މިއަދު ހެނދުނު އުތީމަށް ޒިޔާރަތްކޮށްފިއެވެ.

މިކުދިން ކިޔަވަމުންދާ މާއްދާތަކުގެ ތެރެއިން ސޯސަލް ސްޓަޑީޒް ދަތުރެއްގައި އުތީމު ގަނޑުވަރަށްކުރި މިޒިޔާރަތުގައި 30 ދަރިވަރުންނާއި، 29 ބެލެނިވެރިން އަދި 09 ޓީޗަރުން ބައިވެރިވިއެވެ. ޓީޗަރުންނާއި، ބެލެނިވެރިން އަދި ދަރިވަރުންގެ ކެއުމާއި މަޑުކޮށްލުމުގެ އިންތިޒާމްތައް ހަމަޖައްސަވާ ދެއްވާފައިވަނީ އުތީމު ސްކޫލްގެ ބެލެނިވެރިންގެ ފަރާތުންނެވެ.

މީގެ ކުރިންވެސް އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކިއެކި ސްކޫލްތަކުން މިގޮތަށް މަޢުލޫމާތު ހޯދުމަށްޓަކާ ޒިޔާރަތް ކުރަމުން އަންނަ ތަނެކެވެ. އަދި މިފަދަ ބޭނުންތަކަށް ސްކޫލުތަކުން ރިކްއެސްޓްކޮށްގެން އަންނަ ދަރިވަރުންނަށް ހިލޭ ގަނޑުވަރު ބަލާލުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

IMG_20151029_095416 IMG_20151029_095437 IMG_20151029_104629

ޚިޔާލު ފާޅުކުރެއްވުމަށް