ހއ. އަތޮޅު ޤްރުއާން މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފި

ހއ. ދިއްދޫ ން ޤްރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން. – ފޮޓޯ: ޝިޔާމް

ހއ. އަތޮޅު ކައުންސިލާއި އުތީމު ކައުންސިލް ގުޅިގެން މިމަހުގެ 14 ން 16 އަށް ބޭއްވި، ހއ. އަތޮޅު ޤްރުއާން މުބާރާތް 2016 ވަރަށް އަމާން އޮމާންކަމާއިއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ ކޮންމެ އަހަރުކުވެސް ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ރަށްތައް ވާދަކުރާގޮތަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއަހަރު މިމުބާރާތް ބާއްވާފައިވަނީ ހއ. އުތީމުގައެވެ.

މިމުބާރާތުގައި 10 ރަށެއްގެކައުންސިލުން ދަރިވަރުން ބައިވެރިކޮށްފައިވެއެވެ. މިމުބާތުގައި މިފަހަރު ވާދަކޮށްފައިވަނީ ދިއްދޫ، އުތީމު، މުރައިދޫ، ހޯރަފުށި، ބާރަށް، ކެލާ، އިހަވަންދޫ، މުޅަދޫ، ވަށަފަރު އަދި ފިއްލަދޫއެވެ.

މިމުބާރާތް މިހާ ފުރިހަމައަށް ކުރިއަށް ގެންދެވިފައިވަނީ އުތީމު ކައުންސިލާއި އުތީމުގައިހުރި ސަރުކާރު މުއައްސަސާތަކުން ކުރެއްވި ބުރަމަސައްކަތުންކަން ޔަޤީނެވެ. އުތީމު ކައުންސިލުންވަނީ މިމުބާރާތަށްޓަކައި ވަރަށްބޮޑު ހޭދައެއް ކުރައްވާފައެވެ. އެގޮތުން މިމުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނައަށް ދިޔަ ދެދަރިވަރުންގެ ތެރެއިން ކޮންމެ ދަރިވަރަކަށް 10000.00 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ދީފައެވެ. އަދި މުބާރާތުގައި ވާދަކުރި ކޮންމެ ދަރިވަރަކަށް އުތީމު ކައުންސިލުންވަނީ ހަނދާނީ ހަދިޔާގެ ގޮތުގައި އުތީމު ގަނޑުވަރުގެ ފޮޓޯ ޖަހާފައިވާ މަގް ހަދިޔާކޮށްފައެވެ. މީގެ އިތުރުންވެސް ވަރަށްބޮޑެތި ޚަރަދުތަކެއް ހިނގި މި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އުތީމު ރައްޔިތުންނާއި ބެލެނިވެރިންކުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަންޖެހެއެވެ.

12998563_885643438224226_8178196692969599019_n

މުބާރާތުން އެންމެ މޮޅު 15 ދަރިވަރުން – ފޮޓޯ: ޝިޔާމް

 5 ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށްދިޔަ ދަރިވަރުންނަށް ތައްޓާއި ސެޓްފިކެޓް ދިނުމުގެ ޖަލްސާ އިއްޔެ ހެނދުނު 10:00 ގައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައިވަނީ ބޭއްވިފައެވެ. މިމުބާރާތުގައި ދެގޮފި އެއްކޮށް 8 އުމުރު ފުރައަކުން ވާދަކޮށްފައިވެއެވެ. އެއީ 06 އަހަރުންދަށް، 07 އަހަރުންދަށް، 09 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް، 19 އަހަރުންދަށް އަދި 21 އަހަރުންދަށުގެ އުމުރުފުރައިންނެވެ.  މީގެތެރެއިން 06 އަހަރުން ދަށުގެ ޢުމުރު ފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން ވަނައަކަށް ދާވަރަށް އެއްވެސް ދަރިވަރަކަށް މާކްސް ހޯދިފައެއް ނުވެއެވެ.

 • ބަލައިގެން ކިޔެވުމުގެ ގޮފިން 09 އަހަރުންދަށުން 1 ވަނަ ލިބިފައިވަނީ ހއ. އިހަވަންދޫ، ބުލްބުލާގޭ ފާޠިމަތު ނަދުވާ އަށެވެ. މި ޢުމުރުފުރާއިންވެސް 2 ވަނަ އަދި 3 ވަނަ ލިބޭ ވަރަށް އެއްވެސް ކުއްޖަކަށް މާކްސް ލިބިފައެއް ނުވެއެވެ.
 • ބަލައިގެން ކިޔެވުމުގެ ގޮފިން 11 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ. ކެލާ، ޖިފުޑި ޒަލްފާ ޢަބްދުލް އަޒީޒަށެވެ. މި ޢުމުރުފުރާއިންވެސް 1 ވަނަ އަދި 2 ވަނަ ލިބޭ ވަރަށް އެއްވެސް ކުއްޖަކަށް މާކްސް ލިބިފައެއް ނުވެއެވެ.
 • ބަލައިގެން ކިޔެވުމުގެ ގޮފިން 13 އަހަރުން ދަށުން 3 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ، ފެހިއާރު ނުޒްލާ އިސްމާޢީލް ރަޝީދަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ބާރަށް، މީނާޒް ޙައްވާ މިޒްދާ އަށެވެ. 1 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ، އިސްދޫ ޝާނިޔާ ޝަރީފަށެވެ.
 • ބަލައިގެން ކިޔެވުމުގެ ގޮފިން 16 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ކ. މާލެ، ގ. ލައިލަކް ރާއިފް މުޙައްމަދު ރަފީޢު އަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ރާމަﷲ ޝުއައިބް މުޙައްމަދު އިޤްބާލަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، މަރްޔަމް އަފާފް މުޙައްމަދަށެވެ.
 • ބަލައިގެން ކިޔެވުމުގެ ގޮފިން 19 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ، ސާވަން ޒުމްރާ އަޙްމަދަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، މާސް ސަޖުވާ ޢަބްދުލް މަތީނަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ރަސްކަރަ އާއިޝަތު ޝަރުފާއަށެވެ.
 • ބަލައިގެން ކިޔެވމުގެ ގޮފިން 21 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ. މޮޅަދޫ، ހަވާ ފާޠިމަތު ނާހިދާ އަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ، ފުނަކުރި ބައްސާމާ ސުލައިމާނަށެވެ. 2 ވަނަލިބޭ ވަރަށް އެއްވެސް ދަރިވަރަކަށް މާކްސް ހޯދިފައެއްނުވެއެވެ.

މިވަނަތަކަށް ތައްޓާއި އިނާމް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އިބްރާހީމް ރަޝީދެވެ.

12998750_885643698224200_6282773979644025635_n

ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވަނަވަނައަށްއައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ

 • ހިތުން ކިޔެވުމުގެ ގޮފިން 6 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ޕްލާޒާ އާއިޝަތު ސަހާއަށެވެ. އަދި 1 ވަނަ 2 ވަނަ ލިބޭ ވަރަށް އެއްވެސް ކުއްޖަކަށް މާކްސް ލިބިފައެއް ނުވެއެވެ.
 • ހިތުން ކިޔެވުމުގެ ގޮފިން 7 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ. އިހަވަންދޫ، ހާއުފާ އާއިޝަތު ސުހާ ވަހީދަށެވެ. 1 ވަނަ ލިބިފައިވަނީ ހއ. ކެލާ، ފެންފިޔާޒުގޭ އިސްމާޢީލް މަޙްފޫޒަށެވެ. 2 ވަނަލިބޭ ވަރަށް އެއްވެސް ދަރިވަރަކަށް މާކްސް ހޯދިފައެއްނުވެއެވެ.
 • ހިތުން ކިޔެވުމުގެ ގޮފިން 9 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ފެންފިނިގޭ ފާޠިމަތު ޝައިހާ ޢަލީއަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ، ސަންޝައިން އައުލާ އަޙްމަދު ޝާކިރަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ކަނީރުމާގޭ ޝަފްޢާ ސިޔާދު އަބްދުލް ވާޙިދުއަށެވެ.
 • ހިތުން ކިޔެވުމުގެ ގޮފިން 11 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ.ކެލާ، ބަށިމާގޭ އަޙްމަދު ޒާހިލް ޒާހިރުއަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ، މާޒީ މަރްޔަމް މަހާ މުޙައްމަދަށެވެ. އަދި 1 ވަނަލިބޭ ވަރަށް އެއްވެސް ދަރިވަރަކަށް މާކްސް ހޯދިފައެއްނުވެއެވެ.
 • ހިތުން ކިޔެވުމުގެ ގޮފިން 13 އަހަރުންދަށުން 3 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ ނަސްރީނުގޭ ޝާހިޔާ ހާސިމަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ކެލާ، ރަންބުސްތާނުގޭ މަރްޔަމް ޒަހްރާއަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި ރާމަﷲ ސާޖިދު މުޙައްމަދު އިޤްބާލަށެވެ.

މިވަނަތަކަށް ތައްޓާއި އިނާމް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ބާރަށު ދާއިރާގެ މެންބަރު އަލްފާޟިލް ހުސައިން ނަޞީރެވެ.

 • މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ގްރީންވޯލްޑް މަރްޔަމް އަފާފް މުޙައްމަދަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ، އިސްދޫ ޝާނިޔާ ޝަރީފަށެވެ. 1 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ރަސްކަރަ އާއިޝަތު ޝަރުފާއަށެވެ.
 • މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 3 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ފެންފިނިގޭ ފާޠިމަތު ޝައިހާ އަލީއަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ދިއްދޫ ސަންޝައިން އައުލާ އަޙްމަދު ޝާކިރަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށި، ކަނީރުމާގޭ ޝަފްއާ ސިޔާދު ޢަބްދުލް ވާޙިދަށެވެ. މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު 15 ދަރިވަރުން ހޮވާފައިވެއެވެ.

މިވަނަތަކަށް ތައްޓާއި އިނާމް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހއ. އުތީމު ކައުންސިލްގެ ރައީސް އަލްފާޟިލް އަސްރާރު އާދަމެވެ.

މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަލިބިފައިވަނީ ހއ. އިހަވަންދުއަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށްޓަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ދިއްދުއަށެވެ.

މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 3 ވަނަލިބިފައިވަނީ ހއ. ކެލައަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށްޓަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ދިއްދުއަށެވެ.

މީގެ އިތުރުން މުޅިމުބާރާތުން 2 ގޮފި އެއްކޮށް 3 ވަނަލިބިފައިވަނީ ހއ. ކެލައަށެވެ. 2 ވަނަ ލިބިފައިވަނީ ހއ. ދިއްދުއަށެވެ. އަދި 1 ވަނަ ލިބިފައިވަނީ ހއ. ހޯރަފުށްޓަށެވެ.

މިޖަލްސާގައި މުބާރާތުގެ އިސްފަނޑިޔާރު އަލްޤާރީ ފިރާޤް މުޙައްމަދު ފުޅު ވަނީ މުބާރާތުން އެންމެ ގިނަ މާކްސް ހޯދި ދަރިވަރަށް ޢުމްރާ ދަތުރެއް އެބޭފުޅާ ނިސްބަތްވާ ޢުމްރާ ގުރޫޕުން ލިބިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.

މިޖަލްސާގައި އެކިގޮތްގޮތުން މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި މުއައްސަސާ ތަކަށް ހަނދާނީ ލިޔުން ދެއއްވާފައިވާއިރު، މުބާރާތުގައި ވާދަކުރި ރަށްރަށުގެ ކައުންސިލްތަކަށްވެސްވަނީ އުތީމު ކައުންސިލްގެ ފަރާތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. ޖަލްސާ ނިންމާލީ މުޅިމުބާރާތުން ބަލައިގެން ގޮފިން 1 ވަނަ ލިބުނު ހއ. ހޯރަފުށި، ކަނީރުމާގޭ ޝަފްއާ ސިޔާދު ޢަބްދުލް ވާޙިދުގެ ޤުރުއާން ކިޔެވުމުންނެވެ.

ޚިޔާލު ފާޅުކުރެއްވުމަށް