ހަނދާނީ މަރުކަޒު

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަކީ ދިވެހިރާއްޖެދުށް އެންމެ ވަރުގަދަ ޤައުމީ ބަޠަލްގެ ޛިކުރާ އާކުރުމުގެ ގޮތުން ހއ. އުތީމުގައި ދިވެހި ސަރުކާރުން ބިނާކޮށްދެއްވާފައިވާ މަރުކަޒެކެވެ. މިމަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫނު ޢަވްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުނީ މަރުކަޒުގެ ބިންގާ އެޅިތާ 6 އަހަރުފަހުން 10 ނޮވެމްބަރު 1986 ވަނަ އަހަރު ރާއްޖޭގެ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒާއިއެކު ޢިމާރާތް ކުރެވިފައިވާ ސުކޫލުވެސް ހަމަ މިދުވަހު ހުޅުވައި ދެއްވިއެވެ. މިމަރުކަޒު އެކުލެވިގެންވަނީ އޮފީސްބަޔާއި ލައިބްރަރީއަކާއި، ޖަލްސާކުރާ މާލަމަކާއި އަދި ސުކޫލުބައެއްގެ މައްޗަށެވެ. މިމަރުކަޒުގެ އެންމެ ބޮޑު މަޤްޞަދަކަށް ވެފައިވަނީ ބޮޑުތަކުރުފާނުގެ ހަނދާންތައް އާކުރުމާއި އެތަކުރުފާނާއި ގުޅުންހުރި ތަންތަނާއި ތަކެތި ރައްކާތެރިކޮށް ބަލަހައްޓައި ގިނަޒަމާންތަކަށް ދެމެހެއްޓޭތޯ މަސައްކަތްކުރުމެވެ.