ރިވެތި އަޚްލާޤު އާލާކުރެވޭނީ ރިވެތި މިޝާލުން

ރިވެތި އަޚްލާޤު  އާލާކޮށް  ގުޅުންތައް  ބަދަހިކުރެވޭނީ

                 ރިވެތި އަގުހުރި   މިޝާލުތަކުން  ނަމުނާ  ދައްކުވާ މިގޮތުން

ކުރާ ހުރިހާ ކަމެއް ކެރިގެން ނިކަން ގަދަހިތްވަރާއެކުގައި

                 ޚުރާފާތަށް  ނުހެއްލިތިބާ ފިސާރި  ޝާބިތުވެގެން  މިގޮތުން

ޖަމާޢަތުގައި ޤަދަރުއުފުލޭ ރުހުންގިނަ ގޮތްގޮތުން ލިބެވޭ

                އަމާނާތްތެރިއަކަށް  ތެދުވެރި ތިބާ ވެވިގެންނެ  ހަމަ  މިގޮތުން

ފަރުޟު ވާޖިބުތަކަށް ޙުރުމަތް އަދާކޮށް އާދެހެޔޮގޮތުގައި

                ދަރުސްތައް އުނގެނިގެންނެ މޮޅަށް  ތެދޭޢީމާންވެގެން މިގޮތުން

ޙަޔާތުގެ ކޮންމެ ދުވަހެއްވެސް  ތެދޭބޭކާރުކޮށް  ނުމެލާ

                 ގަޔާވާހެން  ތެދޭއުޅުމާ  ގުންތައް   ބަދަހިކޮށް    މިގޮތުން

ޙަޤީޤީ މުސްލިމެއްގެ ގޮތުން ކުރުން އެކަށޭނަކަންކަމުގައި

                 ޢަޤީދާ ހަރުދާނާވާހެން  ޢަމަލުތައް  ރަގަނޅުކޮށް  މިގޮތުން

އަޅާހެދުމާ ވަކިންހަށިގަނޑު އަބަދުވެސް ސާފުކޮށް ރީއްޗަށް

                   ކަޅާ ދޮން  ތަފާތުވިޔަސް  ބެހެއްޓުން  އާދަކޮށް  މިގޮތުން

މުޚާތަބުކުރުމުގައި  ބަސްމަގު ރިވެތިވީހާ  އުޞޫލުތަކުން

                  މުޚާތަބުކޮށް ރަނގަޅުގޮތުގައި ދަރަޖަތައް ވިސްނަވާ މިގޮތުން

ވަފާތެރިކަމާ  ކުލުނާ  ނުހަނު   އޯގާތެރިކަމާއެކުގައި

                    ތަފާތުނުކޮށް ބަލިމީހުން ދުވަސްވީމީހުނަށް ހެޔޮހިތާ މިގޮތުން

ނަމާއަބުރަށް ސަމާލުވެގެން އަނެކުންގެ އިޚްސާސްދެނެގަނެގެން

                  ކަމާއިބަހާ  ސީދާކޮށް  ޤަދަރު  އިޙްތިރާމްކޮށް  މިގޮތުން

ޚިޔާލު ފާޅުކުރެއްވުމަށް