ސުވަރުގެ އެދެނީނަމަ

ފަރުޟު ވާޖިބުތަކަށް ޙުރުމަތް އަދައިގެން އިސްކަމެއް ދީގެން

                  ދަރުސް ލިބިގަންނަމުން މިރޮނގުން ރިވެތި ގޮތުގައި އުޅުއްވާށޭ

އަދަބު އަޚްލާޤު ދަސްކޮށްގެން ނުހަނު ކެތްތެރިކަމާއެކުގައި

                  ޤަދަރުވެރި މީހަކަށްމެ ވެގެން އުޅުއްވަން އަބަދު ވިސްނާށޭ

ޘަވާބާ ދަރުމަ ހޯދުންއެދި ތެދޭ ކެރިގެން މަސައްކަތްކޮށް

                  ހަވާ ނަފްސަށް ނުހެއްލި ތިމާ މިގޮތުގައި ކުރިއަރުއްވާށޭ

ނަހީމެ ކުރެއްވި ފާފަތަކުން ތެދޭ ދުރުހެލިވެގެން އަމުދުން

                  ނަހީއަށް ވެގެން ބިރުވެތި ލަފާގޮތުގައި ހަމަ އުޅުއްވާށޭ

ސަމާލުވެ ސުންނަތަށްމެ ތަބާ ވެގެން އަދު ޙުރުމަތާއެކުގައި

                       އަމާންކަން މަޙްޝަރުން އެދިގެން އަބަދު ސުންނަތް ދިރުވާށޭ

ހިތަށްއެރިހާ ކަމެއްމެ ނުކޮށް ތިމާ މުސްލިމެކެހީކޮށް

                  އެތައްގޮތަކަށްމެ ވިސްނައިގެން ޚުލްޤު މަތިވެރި ކުރައްވާށޭ

ނަތީޖާއެއް ރަގަޅުހޯދަށް އެދޭނަމަ ހިންމަތާއެކުގައި

                  ޢަޤީދާ އާދެ ވަރުގަދަކޮށް މަސައްކަތް ހަމަ ކުރައްވާށޭ

ތެދޭ ކީރިތި ޤުރުއާނަށް ސަމާލުކަމެއް އަބަދުމެ ދީގެން

                  ތެދޭ ކީރިތި ޤުރުއާންވީ އުނގެނި ދަސްކޮށް އުޅުއްވާށޭ

މަކަރުހެދުމާ ދޮގުހެދުމާ ނުބައިވީ އާދަތައް ދޫކޮށް

                  އަބަދުވެސް ދީނުގައި ފައިތިލަ ތެދޭ ޘާބިތު ކުރައްވާށޭ

ނަމާދާ ރޯދައާއި ޒަކާތް އަދާކޮށް ދީނުގައިވާހެން

                  އަމާނާތަށް ވެގެން ތެދުވެރި މަގުން ސީދާ އުޅުއްވާށޭ

ޚިޔާލު ފާޅުކުރެއްވުމަށް